Wednesday, July 30, 2008

... ސްކޫލާއި ސްކޫލުން ބޭރުގަޔާއި

ސްކޫލާއި ސްކޫލުން ބޭރުގަޔާއި ގޭގައި ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންނަށް ދިމާވާ އެކިއެކި ކަންތައްތައް ހައްލުކުރުމާއި ތަޙްގީގު ކުރުމުގައި އެފަރާތްތަކުގެ އަބުރު ނުގެއްލޭގޮތަށް ކުރިއަށް ގެންދިއުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ސްކޫލު ދަރިވަރުން ނުވަތަ ޓީޗަރުން ނުވަތަ ބެލެނިވެރިންގެ ފަރާތުން ދިމާވާ ކަންތައްތައް
ތަހުގީގުކުރާއިރު ދެފަރާތުން ދެކެވޭ ވާހަކަތައް ރިކޯޑްކޮށްގެން އެރިކޯޑްތައް އެކިއެކި މީހުންނަށް ފޮނުވައިގެން ހޮޅޮއޮށި ތަކާއި ސައިހޮޓާ ތަކާއި ގޯޅިގޯޅީގެ ކަންމަތީގައި ޖެހުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.

ގިނަފަހަރު މިފަދަ ތަހްގީގުތައް ކުރަންޖެހެނީ ކުޑަކުދިން ކުރާ ކަންތަކާއި ގުޅިގެން ކަމުގައި ވާހިނދު ކުޑަކުދިންގެ ޙައްގު ތަކަކާއި އެކުދިންނަށް ދިމާވާ ކަންތައްތައް ބަލަހައްޓާ ސަރުކާރުގެ މުއައްސިސާއެއް އެބަހުރިކަން މިފަދަ ކަންތައް ހިންގާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްދެމެވެ.

0 comments: