2008 ޖުލައި 28 ން 31 ގެ ނިޔަލަށް ބޭއްވުނު އަތޮޅުމަދަރުސާގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސިކަންދަރީ ހައުސް ހޯދައިފިއެވެ. އެއީ މިމުބާރާތުގެ ފައިނަލް މެޗްގައި ޣާޒީ ހައުސް އާއި ބައްދަލުކޮށް 1- 0 ން މެޗް ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗް ކުޅުން ނިމުމުން ޗެމްޕިއަން ޓީމަށާއި ރަނައަޕް ޓީމަށް އަދި ފެއަރޕްލޭ ޓީމަށް ހޮވުނު ހުރަވީ ހައުސްއަށް އިނާމް ބައްސަވައި ދެއްވީ ފައިނަލް މެޗްގެ ޝަރަފްވެރި މެހްމާނު އަތޮޅު މަދަރުސާގެ ސްޕަވައިޒަރ އަޝްރަފެވެ. މިމުބާރާތުގެ އެހެނިހެން މަގާމްތަކަށް ހޮވުނު ކުދީންނަށް އިނާމް ދިނުމަށް ހަމަޖެހިފައިވަނީ އަތޮޅު މަދަރުސާއަށް 25 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ހަފްލާގައިކަމަށް އަތޮޅު މަދަރުސާއިން މަޢުލޫމާތު ދެއްވައެވެ.
Subscribe to:
Post Comments (Atom)
No comments:
Post a Comment