
ދިވެހި ރާއްޖޭގެ 43 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޝަމްސުއްދީން ސްކޫލްގައި ދުވަހާއި ގުޅޭ ޖަލްސާ އެއް ބާއްވައިފިއެވެ. މިމުނާސަބަތާއި ގުޅިގެން 26 ޖުލައި 2008 ދުވަހު ހަވީރު ޝަމްސުއްދީން ސްކޫލްގެ ބްރާސް ބޭންޑާއި ކަބްސްކައުޓްންނާއި ގާރލް ގައިޑުންގެ ރޫޓްމާޗެއް މީދޫގެ ބޮޑެތި މަގުތަކުގައި ބޭއްވުނެވެ. މިއީ މީދޫ ސްކޫލަކުން ބޭންޑާއި އެކު ރޫޓްމާޗެއް ބޭއްވުނު ފުރަތަމަ ފަހަރެވެ. ޝަމްސުއްދީނު ސްކޫލްގައި ބްރާސް ބޭންޑް ތަޢާރަފްކުރީ އެސްކޫލުގެ ކުރީގެ ހެޑްމާސްޓަރ އަޙްމަދު މުހައްމަދެވެ. މިކަމަށްޓަކައި އަޙްމަދަށާއި ބްރާސްބޭންޑްގެ އާލާތްތައް ހޯއްދަވާ ދެއްވި ޓީޗަރުންނާއި ބެލެނިވެރިންނަށް ނިހާޔަތަށް ޝުކުރުވެރިވަމެވެ.
No comments:
Post a Comment